ކްރިމިނަލް ކޯޓަށް ދެ ޤާޟީއަކު ހޯދަން އިއުލާނު ކުރުމުން 10 ފަރާތަކުން ކުރިމަތިލައިފިއެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމަށް ދެ ބޭފުޅަކު ހޯދަން ކޮސްފައިވާ އިޢުލާނުގެ ސުންގަޑި 10 ޖެނުއަރީ އަށް ހަމަވެފައިވާއިރު، އެ މަގާމަށް ކުރިމަތިލައްވާފައިވަނީ:
1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
4. އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
5. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
6. ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
7. އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
8. ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ
9. ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
10. އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ
ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.