ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

ހެއްކާއި ބެހޭ ގާނޫނާއެކު އާންމުންގެ އިތުބާރު ލިބިގެންދާނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ހެކިބަސް ދިނުން ލާޒިމްކުރެވޭ ބައިތަކެއްވެސް ކަނޑައެޅިގެންދާނެކަމަށެވެ.

އާ ގާނޫނާއެކު ހެކިބަސް ދިނުމަށް މަޖުބޫރުކުރެވޭނެ ހާލަތްތަކާއި ހެކިބަސް ދިނުމަށް ފަސްޖެހި އެކަން ކޯޓަށް ސާބިތުކޮށްދެވިއްޖެނަމަ އެބަޔާނަކަށް އިތުރު ބުރަދަނެއް ދިނުމުންގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ޝަމީމް ވިދާޅުވީ ކުށް ކުރާ ތަން ކިތަންމެ ކައިރިން ފެނި އަދި ފުލުހުންގެ ހާޒިރުގައި އެކަމަށް ބަޔާން ދިނުމަށްފަހުވެސް ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. އެފަދަ ހާލަތުގައި ހެކިބަސް ދިނުމަށް އޭނާ ލައްވާ ކުރެވޭނެކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ދީނުގައިވެސް ހެކި ބަސް ދިނުމަކީ ބާރު އަޅުއްވާފައިވާކަމެއްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނުގެ މައިގަނޑު ބޭނުމަކީ އާންމުން ޝަރީއަތުގެ ނިޒާމަށް ކުރާ އިތުބާރު ބޮޑުކުރުން ކަމަށެވެ. މިއާއެކު ޝަރީއަތްތައް ވަކި ގޮތަކަށް ނުހިނގާނެކަމުގެ ޔަގީންކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހެއްކާއިބެހޭ ގާނޫނާއެކު ޝަރީއަތްކުރުމުގެ ނިޒާމް މުޅިންހެން ފުރިހަމަވެފައިވާކަމަށެވެ. މިއާއެކު ޝަރުއީ މަރުހަލާ އަވަސްވެ، އަވަހަށް މައްސަލަތައް ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *