ބޮލީވިޑްގެ ޒުވާން އަދި މަޝްހޫރު ބަތަލާ އަތިޔާ ޝެޓީ ކައިވެނި ކޮށްފިއެވެ.
އަތިޔާ ކައިވެނި ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ އަދި އިންޑިއާގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް އާއިއެވެ. އަތިޔާ އަދި ކޭއެލް ކައިވެނި ކޮށްފައިވަނީ އިއްޔެއެވެ.
އަންހެން ދަރިފުޅުގެ ކައިވެންޏަށް ފަހު އިއްޔެ ސުނިލް ޝެޓީ ވަނީ އެކި އެކި މީޑިއާތަކުގެ ނޫސްވެރިންނަށް ފޮނި ކާތެކެތި ބަހާފައެވެ. އަދި އޭނާގެ ދަރިފުޅު އަތިޔާ އާއި ކޭއެލް ކައިވެނި ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
ފަހުން އަތިޔާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ކައިވެނީ ފޮޓޯތައްވެސް އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ.
އަތިޔާ އާއި ކޭއެލްގެ ކައިވެނި ހަފްލާއަށް 100 މީހުން ހާޒިރުވި ކަމަށް ހަބަރުތައް ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ އެ ދެމީހުންގެ އާއިލާ މީހުންނާއި ގާތް އެކުވެރިންނެވެ. މީގެ އިތުރުން ކައިވެނީގެ ފޮޓޯ ނެގުން ހުއްޓުވުމަށް، ކައިވެނި ހަފްލާއަށް ހާޒިރުވި މީހުން ވަނީ 'ނޯ ފޯން ޕޮލިސީ' އަށް އަމަލުކޮށްފައެވެ.