ތ. ގުރައިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ 6 ކްލާސްރޫމާއި، ހެލްތް ރޫމް އަދި ކައުންސެލިންގ ރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ ތ އަތޮޅު މަދަރުސާ ތަރައްގީ ކުރުމުގެ މަސައްކަތް ޙަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
އެ މަޝްރޫއު އަކީ PSIP 2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެއް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
އެ ކުންފުނިން އެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,753,391.17 ރުފިޔާ ކަމަށާއި، އެ އަގަށް އެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިންވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.
މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރުއެވެ.