ތ.އޮމަދޫ ސްކޫލްގައި 2 ބުރި އިމާރާތުގެ މަސައްކަތާއި، މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، އޮމަދޫ ސުކޫލު ތަރައްގީ ކުރުމަށް އެ މަޝްރޫއު ހަވާލުކުރީ އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަޝްރޫއު އަކީ PSIP 2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.
އެ ކުންފުނިން އެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 20,909,982.18 ރުފިޔާ ކަމަށާއި، އެ އަގުގައި މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ.
ތ.އޮމަދޫ ސްކޫލްގައި 2 ބުރި އިމާރާތުގެ މަސައްކަތާއި، މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.
އަންޓޯލްޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝައްފާން ޝަމޫން އެވެ.