އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ބެޑްމިންޓަން ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
ތޮއްޑޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ކޯޓުގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީ އިން ބުނެފައިވަނީ، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިއާރކް ޕްރައިވެޓް ލިމިޓެޑް އާއި ކަމަށެވެ.
އެ މަޝްރޫއު ހިންގުމަށް ސަރުކާރުން 4،994،861.35 ރުފިޔާ ހަރަދުކުރާއިރު އެ މަސައްކަތް ނިންމުމަށް ސިއާރކް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ 120 ދުވަހެވެ.
އެކަމާއި ގުޅޭ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކްޓިވް ޑިރެކްޓަރ ޙައްވާ ނިހްލާއެވެ.
އަދި ސިއާރކް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސިރާޖް އެވެ.