ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.
މިފަހަރު ކުރި އިއުލާނުގައި 16 ރަށެއް ތަރައްގީކުރުމަށް ވަނީ ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ފެބްރުއަރީ، ހޯމަ ދުވަހުގެ 00:10 ގައި އަދި 05
މާޗް، އާދިއްތަ ދުވަހުގެ 00:10 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓުއަރިޒަމް މިނިސްޓްރީން އެދެއެވެ.
ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމާފައިވަނީ
- ހއ އަލިދުއްފަރުފިނޮޅު
- ހއ މެދަފުށި
- ހދ ކުޑަފަރުފަސްގަނޑު
- ރ އެއްތިގިލި އަދި ރ އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
- ކ ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް
- މ ބޯހުރާ
- ފ ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް 1
- ފ ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް 2
- ތ އޮޅުފުށި، އޮޅުފުށި ފިނޮޅާއެކު
- ތ އޮޅުފުށިފިނޮޅު
- ގއ ބޭރުމައުއްޑޫ
- ގއ ފުނަދޫވިލިގިއްލާ
- ގދ ހާދުއާ
- ގދ ކަޅެހުއްޓާ
- ގދ ފެރޭތަ ވިލިނގިލި
- ގދ. ދެކަނބާ، ކޮޑެރަޓާ، އިތުރު އެއް ރަށް
ހއ، ހދ، ރ އަދި ކ ގެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 8 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އެވެ. މ، ފ، ތ ގެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 މާރިޗް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އެވެ. ގއ އަދި ގދ ގެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އެވެ.