އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ނަމްބަރު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކ. ކާށިދޫއަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ކާށިދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރެވެ. އެރަށުގައި ކުރިޔަށްދާ ގިނަ މަޝްރޫއުތައް އެހެން ބައެއްގެ އަތްމައްޗަށް ވެރިކަން ގޮސްފިނަމަ މި ސަރުކާރުން އެދޭގޮތަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކާށިދޫގެ ބިން ބޮޑު ކޮށްދެއްވާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި ބިން ބޮޑުކުރުމާއި ބަނދަރު ބޮޑޫކުރުމުގެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށެވެ.
ކާށިދޫއަކީ އެމްޑީޕީގެ ޖަޒީރާ ރާއްޖެ ކޮންސެޕްތަށް ތަރައްޤީ ކުރެއްވުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އުމުރާނީ ތަރައްޤީގެ މަޝްރޫއުތަށް ކުރިޔަށް ގެންދަވާ ރަށެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކ އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމް÷ޭން ދަތުރުފުޅަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ އަލިފު އަތޮޅުގެ ރަށްތަކަށެވެ.