ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނުން ފާސްވީ 68 އިންސައްތަ މީހުން ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ.

ބާ ކައުންސިލުން ބުނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްޓަކައި ހަދަންޖެހޭ ބާ އިމްތިހާނުގައި ބައިވެރިވި 176 މީހުންގެ ތެރެއިން 68 އިންސައްތަ ފާސްވެފައިވާ ކަމަށެވެ.

ބާ ކައުންސިލުން ވިދާޅުވީ މިއިމްތިހާނުގައި ބައިވެރިވި ދަރިވަރުން އެވްރެޖްކޮށް %66 އިން ފާސްވެފައިވާކަމަށާއި، 18 ދަރިވަރުން ވަނީ "ޓޮޕް އެޗީވަރސް" ނުވަތަ އެންމެ މަތިން އިމްތިހާނުން ނަތީޖާ ހޯދައިފައިވާކަމަށެވެ.

ބާ ކައުންސިލުން ވިދާޅުވީ އެންމެ މަތިން ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރުން އެއްވަނަ ހާސިލްކޮށްފައިވާކަމަށެވެ. އެއީ މުހައްމަދު އަޒާން އާސިފް އާއި، ހުސެއިން ޒަމީލްގެ އިތުރުން އިޝްހާގް ހުސެއިންއެވެ. މި އިމްތިޙާން ފުރިހަމަކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާއި އަދި ޔުނިވާސިޓީ އޮފް ލަންޑަންގެ ދަރިވަރުންނެވެ.

މިދަރިވަރުންގެ ދަސްވެނިވުން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.

ޔޫއެސްއެއިޑް، އޭބީއޭ، ކެޕްލާން އަދި އެންސީބީއީގެ އެހީތެރިކަމާއެކު ބޭއްވި އިމްތިހާނަކީ މަލްޓިޕްލް-ޗޮއިސް ފޯމެޓަށް 120 ސުވާލު ހިމެނޭ އިމްތިހާނެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *