ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އިއްޔެ ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަދި އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ އެވެ.

މި މެޗު ޝަރަފްވެރި ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އާއި ވޮލޯބޯލަ ލެޖެންޑް ސައްޔިދު އަލީ އާއި ވޮލީބޯޅަ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހްމަދު ސާމީއެވެ.

އިއްޔެ ކުޅުނު މެޗް ކާމިޔާބު ކުރީ ސިދާ ތިންސެޓުން ކްލަބް ވެމްކޯ އެވެ.  މެޗުގެ މޮޅު ކުޅުންތެިރިޔާގެ މަގާމު ދިފާއު ކުރީ ވެމްކޯގެ ޖޫޒާން ޒަރީރެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކުލަބާއި ކްލަބް އީގަލްސް އެވެ. މިރޭ ނިކުންނާއި ކްލަބް ވެމްކޯ އާއި ކްލަބް ވޮލީބޯޅައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *