ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކޮޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ ރަމަޟާން ބާޒާރު ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ސުޕަމާޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއެވެ.
ރަމަޟާން ބާޒާރާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ އަބްްދުﷲ ސައީދު ވިދާޅުވީ މި ޕްރޮމޯޝަން ޖެނުއަރީ 22 އިން ފެށިގެން އޭޕްރިލް 29 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާ މިއީ އެކުންފުނިން އަހަރުތެރޭގައި ބާއްވާ އެންމެ ވަރުގަދަ ސޭލްސް އިވެންޓު ކަމަށެވެ.
އެސްޓީއޯ ރަމަޟާން ބާޒާރު ކުރިޔަށްދާނީ:
- އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތައް، 22 ޖަނަވަރީން 29 އެޕްރީލަށް
- އެސްޓީއޯ މަކިޓާ ޝޯރޫމްގައި، 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް
- ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ، 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް
މި ޕްރޮމޯޝަންގެ ތެރެއިން ހޯމް އެޕަލަޔަންސްއިން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށާ އެގޮތުން 500ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޕްރޮމޯޝަން ނިމުމުން ލަކީޑްރޯ ނަގައި، ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.