ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރެއްވި ފާތިމަތު ޝައުފާ އެ ގޮނޑި ކާމިޔާބުކުރެއްވީ 237 ވޯޓުންނެވެ. ދެން ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކަމަށްވާ ފަހީމާ މުހައްމަދަށް ލިބުނީ 203 ވޯޓެވެ.
ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރު ކަމުގެ ގޮނޑި ހުސްވީ އެ ކައުންސިލަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުންނެވެ. ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 675 މީހުންނަށް ލިބުނު އިރު 448 މީހުން ވަނީ ވޯޓު ލައިފައެވެ. ވޯޓްލީ މީހުންގެ އިންސައްތައަކީ 66.37 ޕަސެންޓެވެ.