އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި ފައިސާ ދެއްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމް އިން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެ އޮފަރ އާއި ގުޅޭގޮތުން "ޖަޒީރާ" އަށް މައުލޫމާތު ދެމުން އުރީދޫ އިން ބުނީ، އެ ކުންފުންޏާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް މިދިއަ އަހަރު ހަމަޖައްސާފައިވާ ކަމަށެވެ.
އުރީދޫއިން ބުނީ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް އެމް-ފައިސާ މެދުވެރިކޮށް 14 މޭ 2023 ގެ ކުރިން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމްގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައި ކަމަށެވެ.
އުރީދޫން އެ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށާއި ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެއެވެ.
މީގެ އިތުރުން ޕާޓްނަރވެފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.