ޚަބަރުރިޕޯޓްއިޤްތިޞާދުދުނިޔެ

2 އަހަރުގެ މެދު ކެނޑުމަކަށް ފަހު މަޓްކާ ނޯޑިކް ޓްރެވަލް ފެއަރގައި ރާއްޖެ

ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް، މަޓްކާ ނޯޑިކް ޓްރެވަލް ފެއަރ 2023 ގައި އަހަރު ބައިވެރިވަނީ 2 އަހަރު މެދު ކެނޑުމަކަށް ފަހު ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވި މި ފެއަރ ކުރިއަށްދަނީ 19 - 22 ޖެނުއަރީ ގެ ނިޔަލަށް ފިންލޭންޑްގެ މެސުކެސްކަސް ހެލްސިންކީ އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. އެމްއެމްޕީއާރުސީއާ އެކު މި ފެއަރގައި ދިވެހިރާއްޖެއިން 13 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ.

މަޓްކާ އަކީ އުތުރު ޔޫރަޕްގެ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ. މި ފެއަރގައި 80 އަށް ވުރެ ގިނަ ގައުމުން 1000 އަށް ވުރެ ގިނަ ޓްރެވަލް އޯގަނައިޒަރުންނާއި ޑެސްޓިނޭޝަންތަކާއި ޓޫރިޒަމް އޯގަނައިޒޭޝަންތައް ބައިވެރިވެއެވެ. މި ޓްރެވަލް ފެއާގައި 68،000 އަށް ވުރެ ގިނަ ވިޒިޓަރުން ބައިވެރިވާނެ ކަމަށް ލަފާކުރެއެވެ.

މި މަގުބޫލު ފެއާގައި ބައިވެރިވުމަކީ ނޯޑިކް މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. އަދި އިންޑަސްޓްރީ ޕާޓްނަރުންނަށް ނެޓްވޯކް ކޮށް އައު ވިޔާފަރީގެ ގުޅުން ބިނާކުރުމަަށް ވެސް މި ފެއާގައި ގިނަ ފުރުސަތުލިބޭނެއެވެ. މި ފެއާގައި ބައިވެރިވުމުން އިންޑަސްޓްރީގެ އެންމެ ފަހު ޓްރެންޑްތަކާއި ޕެޓާންތައް ދެނެގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ފެއާގެ ތެރެއިން ރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާކުރަނީ

ދިވެހިރާއްޖޭގެ ސްޓޭންޑަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަމާއި އަމާންކަން ތަމްސީލުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އަދި މި ސްޓޭންޑު އަކީ އިންޑަސްޓްރީގެ ބައިވެރިންނާއި ފެއަރގެ ބައިވެރިންގެ ދެމެދުގައި ހިތްހަމަޖެހިގެން އުފެއްދުންތެރި ބީ2ބީ ބައްދަލުވުންތައް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަގާފީ ސެޓްއަޕްއެއްގައި ޙާއްސަ ސޯޝަލް މީޑިއާ ފިލްޓަރުތައް ބޭނުންކޮށްގެން ފޮޓޯނަގާ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި ޕޯސްޓް ކުރުމަށް ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެލިގްރަފީ ބުކްމާކެއް ހަދިޔާކޮށް، ދިވެހިރާއްޖޭގެ މީރު ރަހަތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މަތީ ފަންތީގެ ފަތުރުވެރިން ގިނަ ނޯޑިކް މާކެޓަކީ ދިވެހިރާއްޖެއަށް ވަރަށް އުންމީދީ މާކެޓެކެވެ. 2022 ވަނަ އަހަރު 30,493 ފަތުރުވެރިން ވަނީ ނޯޑިކް މާކެޓުން ދިވެހިރާއްޖެއަށް ޒިޔާތަތްކޮށްފައެވެ. މި މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ވަނީ މިދިޔަ އަހަރު ގިނަ ކެމްޕޭންތަކެއް ހިންގާފައެވެ.

އޭގެ ތެރޭގައި ބްލިކްސަން ޓުއާސް އާއެކު ކުރިއަށްގެންދިޔަ ޖޮއިންޓް ކެމްޕޭނަކާއި ފެމިލިއަރައިޒޭޝަން ދަތުރެއް އަދި ނޯޑިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށްގެން ވެބިނާއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރު ވެސް ގިނަ ކެމްޕޭންތަކެއް މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި ހަރުދަނާކުރުމަށް ނޯޑިކް މާކެޓްގެ މާކެޓް ސްރެޓަޖީއާ އެއްގޮތަށް އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި އެހެނިހެން ވެންޑަރސްއާ ގުޅިގެން ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

2022  ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 42 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި 10 އެހެނިހެން އިވެންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ.

މިހަރަކާތްތަކުގެ ޓޯޓަލް ރީޗްއަކީ 8,799,249,501 އެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑިވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ.

މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %