މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މިހާރު

ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދު ބޭއްވުމަށް ތާވަލުކުރުމަށްފަހު އެހެން ދުވަހަކަށް ބަދަލުކޮށްފިއެވެ.

ނޫމަޑި މައްސަލާގައި ދޮގު ބަޔާން ދެއްވި މައްސަލ ކުރިއަށްގެންދިޔުމަށް ތާވަލްކުރި އަޑުއެހުން ބޭއްވުމަށް އޮތީ މިއަދު މެންދުރުފަހު 1:00ގައެވެ. އަލުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުއެވެ.

ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް ކުރި ބުރަ އުނދަގޫ މަސައްކަތުން ބައްދަލުވުމަކަށް ވަގުތު ހަމަޖެހިފައި އޮތީ މިއަދު މެންދުރު 1:30ގައި ކަމަށް މުއިއްޒު ކޯޓަށް ފޮނުއްވި ސިޓީގައިވެއެވެ. މުއިއްޒު ޔާމީނާއި ބައްދަލުކުރައްވަނީ ޕާޓީގެ ނައިބު ލީޑަރުގެ ހައިސިއްޔަތުންނެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައިި އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ކުންފުނީގެ ހެއްކަކަށްވެ ދޮގު ބަޔާން ދިން ކަމަށް ބުނެ އެވެ.

ފުލުހުންނަށް ދޮގު ބަޔާނެއް ދީފައިވާތީ ޑރ. މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.

މުއިއްޒުގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *