ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގއ.ވިލިނގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފައިވަނީ، އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅުއްވައިދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ރަށު ކައުންސިލް މެމްބަރުން ކަމަށެވެ.

ވިލިނގިލީގައި އިމާރާތް ކުރާ ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެއެވެ.

ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން ވިލިނގިލީގައި 700 އަކަފޫޓުގެ 50 ރޯހައުސް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވަނީ 48،164،794.10 ރުފިޔާއަށެވެ. 270 ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީންބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *