ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލް ބިނާކުރުމަށް ފަށާފައިވާ "އަރުތަ" ޕްރޮގްރާމުގެ ދަށުން ތަމްރީނު ވުމުގެ ފުރުސަތު ރާއްޖޭގެ ކާމިޔާބު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމް އަށް ލިބިއްޖެއެވެ.

އަންހެން ޓީޓީ ކުޅުންތެރިޔާ ރަފާ ނާޒިމް ރަސްމީކޮށް އަރުތަ އެތްލީޓުންގެ ލިސްޓުގައި ހިމެނިފައިވާކަން އިއުލާން ކުރެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް އެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، އަރުތަ ޕްރޮގްރާމްގެ ދަށުން ތަމްރީން ހަދަމުންދާ ޓީޓީ ތަރި ރަފާ ‏މިހާރަށް ވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރާނެކަން ޔަގީންކުރައްވާ ކަމަށެވެ.

"އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރަށް ތަމްރީނު ހަދައި އެ ކުޅިވަރަކުން ކުރިއަށް ދިޔުމަށް ފުރުސަތު ފަހުކޮށްދޭ ޕްރޮގްރާމެކެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ސަރުކާރުން ކުރިޔަށް ގެންދާ އަރުތަ ޕްރޮގްރާމްގެ ދަށުން މިހާތަނަށް މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދުވުންތެރިޔާ އިބާދުﷲ އާދަމް، ބީޗު ވޮލީގައި މަޝްހޫރު އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)، ފެތުންތެރިޔާ އީން އައްބާސް ޝަރީފް، ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމް،ރާއްޖޭގެ ބެޑްމިންޓަން ތަރި އައިމިނަތި ނަބީހާ (ނަބީ) އާއި ފާތުމަތު ނަބާހާ (ނަބާ) ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *