ހަތަރު އަހަރުތެރޭ އެންމެ އިސްކަން ދިނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އަހަންމިއްޔަތުކަން ދިން އެއްކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެރަށެއްގެ ކުރިއެރުމަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށްކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް އެންމެ އިސްކަން ދޭނެ އެއްދާއިރާއަކީ އިންސާނީ ވަސީލަތް ބިނާކުރުންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތައުލީމީ ނިޒާމުން ނުކުންނަ ކޮންމެ ދަރިވަރަކީ ހުލްގުހެޔޮ ދީނީ އަގީދާ ވަރުގަދަ، މަސައްކަތްތެރި ބަޔަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި އެކުލަވާލި ތައުލީމީ ސިޔާސަތަކީ އިސްލާމްދީނުގެ ސައްހަ އަގީދާ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ތައުލީމީ ނިޒާމްގެ ތެރެއިން ތަރައްގީކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

"ޒިންމާދާރު ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ ޒަމާނީ ތައުލީމާއި ތަމްރީން ދީގެން. އެމީހެއްގެ ހުރި ފަންނުވެރިކަން ކުރިއަރުވައިދީގެން. އާއިލާއާއި މުޖުތަމައުގައި ބަސްވިކޭ ބަޔަކަށް ޒުވާނުން ވެގެންދާނީ އޭރުން"

މިސިޔާސަތު ތަންފީޒްކުރުމަށް ވަރަށް ގިނަ ކަންކަން ތަންފީޒުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ތައުލީމީ ގާނޫނު އެކުލަވާލުމާއި ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޑުޓެންޓް ލޯން އިދާރީ ފީ 5 އިންސައްތައިން 1 އިންސައްތައަށް ކުޑަކުރުމާއި ސްޓުޑެންޓް ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތަ އިތުރުކޮށްދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *