އެމްޑީޕީ ކުރިއަށް އިބޫ 2023 ކެމްޕެއިނަށް އައްޑޫ ސިޓީގައި

އައްޑޫ ސިޓީގެ ރައްޔިތުން ނެތި އެމްޑީޕީ ވުޖޫދުގައި ނޯންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕާޓީ އުފެދިގެން އައިއިރު އައްޑޫ ސިޓީގެ ރައްޔިތުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ. މިހާރުވެސް ޕާޓީގެ އިސް މަގާމުތަކުގައި އައްޑޫ  ބޭފުޅުން ތިއްބެވިކަން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ އިސްލާހަށް އަދި ތަރައްގީއަށް މަސައްކަތްކުރުމުގައި އެންމެ ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ބައެއްކަމަށް ވިދާޅުވިއެވެ. އެސިޓީއަކީ ސިޔާސީ އަދި ތަރައްގީ ވިސްނުމުގެ މައި ހަބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

"ރާއްޖެއަށް އަންނަ ކޮންމެ ބަދަލެއްގެ ހެޔޮ ފާހަގަ ފުރަތަމަޖެހެން ޖެހެނީ އައްޑޫ ސިޓީގައި. އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެ"

އައްޑޫ ސިޓީއާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް ތަނަކީ ޝަންގްރިއްލާ ރިސޯޓުކަން ފާހަގަކުރައްވާ އެތަން މިހާރު އޮތް ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. ކޮވިޑަށް އެރިސޯޓު ބަންދުކުރި ފަހުން ރިސޯޓު ނުހުޅުވައި އޮތުމަކީ އައްޑޫ ސިޓީގެ މެމްބަރުންނާއި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ސަރުކާރު ހިއްސާވާ ގޮތަށް ހިންގާ ޝަންގްރިއްލާ ރިސޯޓު މިހާތަނަށް ހިންގަމުން އައީ ގެއްލުމުގައި ކަމަށާއި އެނޫން ގޮތެއް ހޯދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖޮއިންޓް ވެންޗަރއެއްގައި ސަރުކާރުގެ ހިއްސާ އޮވެގެން އެކަން ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ހިއްސާ ދޫކޮށްލެވެން އޮތީ ކިހިނެއްތޯ ބަލައި ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާރު ގެނެސްފައިވާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ ކުރިއަށް އިބޫ 2023 ކެމްޕެއިނަށް އައްޑޫ ސިޓީގައި

ގެއްލުމުގައި ހިންގާތާ އެތައް އަހަރެއް ވެފައިވުމުން ސަރުކާރުގެ ހިއްސާއަކީ މިހާރު ނެގެޓިވް އަދަދެއްކަމަށާއި ހިއްސާ ދޫކޮށްލުމަށް 70 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ދަރަންޏާއި ހިއްސާއާއި އަޅާ ކިޔައި އެއަށްވާ އަގުދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

އެއްވެސް ސަރުކާރަކުން ޝަންގްރިއްލާ ހިންގަމުން އައިސްފައިވާ ގޮތް ބަލާފައިނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެން އޮތް ގޮތަކީ އެކަން މިހާލަތަށް ދިޔަ ސަބަބު ހޯދުންކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ރައްޔިތުން ބޭނުންވާކަމުގައިވާނަމަ އެބަޔަކު ހޯދާ ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *