ކުޅުދުއްފުށި ސިޓީގެ ކުނިކޮށްޓަށް ޖަމާކޮށްފައިވާ ކުނިނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށައިިފއެވެ.
މިކުނިކޮށީގައި އެތައް އަހަރެއްވަންދެން ޖަމާކޮށްފައިވާ ކުނި ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އެކިބާވައްތަކުގެ 100،000 ޓަނަށްވުރެ ގިނަ ކުނި މިކުނިފުނީގައި ހުންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ.
މިކުނި ގޮނޑަކީ ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ބޮޑު ކުނި ގޮނޑެވެ.
ވެމްކޯއިން ކުރާ މިމަސައްކަތުގެ ދަށުން ދުވާލަކު 600 ޓަނުގެ ކުނި ރަށުން ބޭރުކުރާނެކަމަށް މައުލޫމާތުލިބެއެވެ.
2021 ވަނަ އަހަރުން ފެށިގެން މި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީން ހަވާލުކޮށްގެން ވެމްކޯއިންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރާ ގޮތުގައި ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އަދި މިކުނިފުނި ސާފުނުކުރެވި ހުރުމުގެ ސަބަބުން ދިމާވާ އާންމު ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް އެ ސިޓީގެ ރައްޔިތުންނަށް ވަނީ ޖެހިފައެވެ.
މިއީ މިކަންކަން ޙައްލު ކުރުމަށް މިނިސްޓްރީއާއި ވެމްކޯ އާއި ގުޅިގެން ހިންގާ ޚާއްޞަ މަސައްކަތެކެވެ.
ހުސްވި އަހަރުގެ ތެރޭގައި މާފުށި ކުނިކޮށިވެސް ހުސްކޮށް ސާފުކޮށްދީފައިވެއެވެ. ވެމްކޯއިން ވަނީ އަތޮޅުތަކުގެ ކުނިގޮނޑުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެކަން ފާހަގަކޮށްފައެވެ.