ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ

ނީލަން ފިހާރަ ހިންގުމަށް އެންމެ ރަނގަޅު ސަރަހައްދަކީ އިންޑަސްޓްރިއަލް ޒޯންކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޭނުންކޮށްފައި ހުންނަ މުދާ ހެޔޮ އަގުގައި ވިއްކަމުން އައި ނީލަން ފިހާރަ އެސަރަހައްދުގައި ނުހިންގޭނެކަމަށް މިހާރު ވަނީ އަންގާފައެވެ. މީގެ ކުރިންވެސް އެފަދަ އެންގުންތައް އަންގާފައިވީނަމަވެސް އެކަމަށް އަމަލުކޮށްފައެއްނުވެއެވެ.

އިއްޔެ އޮތް ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސީޓީ މޭޔަރ ޑރ މުއިއްޒު ވިދާޅުވީ މިހާރު ނީލަން ފިހާރަ ހުރިތަނުގައި އެތަން ހިންގުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. މާލެއާއި ހުޅުމާލޭގައިވެސް އިންޑަސްޓްރިއަލް ޒޯންތައް ހުންނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ދެ ސަރަހައްދުންކުރެ ކޮންމެވެސް އެއް ސަރަހައްދަކުން ބިމެއް އެކަމަށް ބޭނުންވާކަމަށެވެ.

" ކޮންމެ ސިޓީއެއްގައިވެސް އޮވޭ ސެކަންޑް ހޭންޑް މާކެޓްސް. މީހުންގެ އަތުން އެއްޗެހި އަގުހެޔޮކޮށް ގަނެ ވިއްކޭ ތަންތަން ހުންނާނެ"

މިމަހުގެ 9 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްފަހު 24 ގަޑިއިރު ފަހުންވެސް ބައެއް ހިސާބުތަކުގައި ދުމުގެ އަސަރު ހުއްޓެވެ.

މި ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްވެސް ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *