ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ޕްރައިމަރީ ކެމްޕެއިނަށް އއ އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ އއ. ރަސްދޫގައެވެ. އެރަށުން ރައީސް ނަޝީދަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރަސްދޫގެ ކުރިން އެއަތޮޅު ތޮއްޑޫއަށް ވަޑައިގެންފައިވެއެވެ.
މިހަފްތާ ބަންދުގައި އއ، އދ، ފ އަދި ދ އަތޮޅަށް ރައީސް ނަޝީދު ވަޑައިގަންނަވާނެއެވެ.
އއ.ރަސްދޫ އިން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވައިފި.#ހިތާހިތުގެގުޅުން 💛
މިލޯތްބެއް، މިކުލުނެއް ނުކެނޑޭނެ ❤️#HapenningNow AA.Rasdhoo #Anni2023 #FikureggeDhirun pic.twitter.com/2un10NdpL5
— Sim (@Simwarr) January 6, 2023
ރިޔާސީ ޓިކެޓު ހޯދުމަށް ކުރާ ކެމްޕެއިން ފޯރިޔާއެކު ކުރިއަށްދާއިރު ދެ ކެންޑިޑޭޓުންވެސް ހަފްތާ ބަންދުގައި ކެމްޕެއިން ހަރަކާތްތަކުގައި އަމަލީގޮތުން އަތޮޅުތެރޭގައި އަންނަނީ ބައިވެރިވެރިވެ ވަޑައިގަންނަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ރަސްމީ ދަތުރުފުޅަށްފަހު ރ އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުތައް ވަނީ ފައްޓަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮތީ މިމަހުގެ 28ގައެވެ. ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް އަންނަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. ޚާއްސަކޮށް ރައީސް ނަޝީދުގެ ފެކްޝަނުން އަންނަނީ ރައީސް ސޯލިހާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.
ދެބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.