މިމަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައްސިޓީއަށް ވަޑައިގެންފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން މިދިޔަމަހުގެ 29 ވަނަ ދުވަހު މާލޭގެ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި އިފްތިތާހުކޮށްފައި ވާއިރު ރައީސް ނަޝީދުގެ ކެމްޕެއިން ޝިއާރަކީ "ފިކުރެއްގެ ދިރުން" މި ޝިއާރެވެ.