ކޮވިޑް 19 ގެ އާލަމީ ވަބާއާއި ގުޅިގެން 2020  ވަނަ  އަހަރުންފެށިގެން އަަންމުންގެ ތެރެއަށް ނުނިކުންނަވާ އުޅުއްވުމުމަށްފަހު މިއަދު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯ  އާއްމުންނަށް  ފެނިލައިފިއެވެ.

2023  ވަނަ  އަހަރަށް  ރައްޔިތުންނަށް މަރުހަބާ  ކިޔުމަށް  ޖަޕާނުގެ  އެމްޕެރާ  އާއްމުންނަށް  ފެނިލީ،  ކޮވިޑާއި  ގުޅިގެން  ޝާހީ  އާއިލާގައި  އަޅާފައިވާ  ރައްކާތެރިކަމުގެ  ގަވާއިދުތައް  ވެސް  އާންމު  ހާލަތަށް  ރުޖޫއަވާން  ފެށުމުންނެވެ.

އެގޮތުން  ހޯމަ  ދުވަހު  އެބޭފުޅާ  ވަނީ  ގަނޑުވަރުގައި  ހުންނަ ބިއްލޫރިން  ބަންދުކޮށްފައިވާ  ބެލްކަންޏަށް  ނިކުމެ  ޖަޕާނުގެ  ރައްޔިތުންނަށް  އާއަހަރުގެ  ތަހުނިޔާ  ފޮނުވާފައެވެ.

މީގެއިތުރުން  އެ  ފެނިލުމުގައި  އެމްޕެރާ  އާއިއެކު  އެމްޕެރެސް  މަސަކޯ  އަދި  އެދެމީހުންގެ  އަންހެން  ދަރިފުޅު  އައިކޯ  އަދި  ގާތް  އާއިލާގެ  މެމްބަރުން ބައިވެރިވިއެވެ.

ޖަޕާނުގެ  ވެރިކަން  ކުރާ  ރަށުގައި  ހުންނަ  އެ  ގަނޑުވަރަށް، އެމްޕެރާ  ބެލްކަންޏަށް ނިކުތް ގަޑީގައި  އެ ގަނޑުވަރަށް ވަނުމުގެ  ހުއްދަ  ލިބުނީ  ލޮޓަރީއެއް  ކާމިޔާބު  ކުރި  1500  މީހުންނަށެވެ.  ވަކި  އަދަދަކަށް  މީހުން  ވެއްދީ  އަނެއްކާވެސް  ކޮވިޑް  19  ފެތުރުމުގެ  ފުރުސަތު  އޮތުމުން،  ރައްކާތެރިވުމަށެވެ.

ކޮންމެ  އާއަހަރެއްގަވެސް  ނަރުހިޓޯ  އެގޮތަށް  ރައްޔިތުންނާއި  ބައްދަލުކުރައްވައި  އާއަހަރުގެ  ތަހުނިޔާ  ފޮނުވައެވެ.  އެގޮތުން  ކޮވިޑް  19  ގެ  ކުރިން  އެމްޕެރާ  އާ  އަހަރަށް  ތަހުނިޔާ  ކިޔަން  ބެލްކަންޏަށް  ނިކުންނަ  އިރު،  70000  އަށްވުރެ  ގިނަ  މީހުންނަށް  ގަނޑުވަރަށް  ވަނުމުގެ  ފުރުސަތު  ލިބެއެވެ.

ކޮވިޑާއި  ގުޅިގެން  2021  އަދި  2022  ވަނަ  އަހަރަށް  މަރުހަބާ  ކިޔުމަށް  އެމްޕެރާ  ރައްޔިތުންނާއި  ބައްދަލުކުރުން  އޭރު  ކެންސަލުކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *