- ގައުމީ ވޮލީބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް ތައްޔާރުވެއްޖެއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމަށް މަރުހަބާ ކިޔުން އޮތީ މިރޭ 6:45 ގައި ސޯޝަލް ސެންޓަރުގައެވެ.
މުބާރާތުގައި ރާއްޖެއިން ދެ ޕެއަރއެއް ވާދަކުރިއެވެ. އެއީ ޝަމާއިލް ހުސައިން އާއި އަހުމަދު މުހައްމަދުގެ ޕެއަރ އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއަރ އެވެ.
މީގެ ތެރެއިން ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއަރ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މި ދެ ކުޅުންތެރިން ފައިނަލް މެޗް ކާމިޔާބު ކުރީ ނޭޕާލް ސީދާ ދެސެޓުން ބަލި ކުރުމަށްފަހުއެވެ. ސެޓްތައް ގެންދިޔައީ 13-21 އަދި 19-21 އިންނެވެ.