އުތުރު ކޮރެއާއިން އިންޓަކޮންޓިނެންޓަލް މިސައިލް ޓެސްޓް ކުރުުމުގެ ތެރެއިން ނޮވެމްބަރުގައި 2022 ގައި އާންމު ކުރި ފޮޓޯއެއް - ފޮޓޯ: ރޮއިޓަސް

އުތުރު ކޮރެއާއިން  ޖަޕާނު ކަނޑާއި ދިމާއަށް ކުރު ރާސްތާގެ ތިން ބެލެސްޓިކް މިސައިލް ފޮނުވާލައިފިއެވެ.

މިއީ މި އަހަރުތެރޭގައި މީގެ ކުރިން ޕިއޮންގޔަންގ އިން ފެނިފައިނުވާ ކަލަހަ މިސައިލް ޓެސްޓްތަކެއްގައި އެންމެ ފަހުން ފޮނުވާލި މިސައިލްތަކެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ފުރަތަމަ ބެލެސްޓިކް މިސައިލް އުދުއްސާލީ މިއަދު ހެނދުނު ޖަޕާން ގަޑިން 08:00 ޖެހިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ދެވަނަ މިސައިލް ފޮނުވާލީ ހެނދުނު 08:14 ގައެވެ. އަދި 3 ވަނަ މިސައިލް އުދުއްސާލި އޭގެ އެންމެ މިނިޓް ފަހުންނެވެ.

މި ތިން މިސައިލްވެސް ފޮނުވާލީ ވެރިރަށް ޕޮއިންގޔަންގގެ މީހުން ދިރިއުޅޭ ސަރަހައްދަކުން ކަމަށް ޖަޕާނުން ބުނެއެވެ. އަދި މިސައިލްތައް 100 ކިލޯ މީޓަރު އުސްމިނަށް ގޮސް ގާތްގަނޑަކަށް 350 ކިލޯ މީޓަރަށް އުދުހިފައިވާ ކަމަށް ޖަޕާނުން ބުނެއެވެ.

މި މިސައިލްތައް ވެއްޓުނީ ޖަޕާން ކަނޑަށް ނަމަވެސް އެއީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުން ބޭރަށް އެގައުމުގެ އައްސޭރިފަށުން ގާތްގަނޑަކަށް 370 ކިލޯމީޓަރު ދުރުން އޮންނަ ފުން ސަރަހައްދަށް ކަމަށް ޖަޕާނުގެ ނޫސް އެޖެންސީތަކުން ބުނެއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނީ މިސައިލްތައް އުދުއްސާލި މަގުން ދަތުރުކުރި މަތިންދާ ބޯޑުތަކަށާއި ކަނޑު ބޯޓުފަހަރުތަކަށް އިންޒާރުގެ މައުލޫމާތު ދީފައިވާ ކަމަށާއި، މިވަގުތާއި ހަމައަށް އެއްވެސް ހާދިސާއެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

އުތުރު ކޮރެއާއިން ސިލްސިލާކޮށް ކުރިޔަށް ގެންދާނ މިސައިލް ޓެސްޓް ތަކުގައި ބެލެސްޓިކް މިސައިލް އުދުއްސުން ތަކުރާރުކުރަމުންދިއުމުގެ ސަބަބުން ޖަޕާނާއި އެ ސަރަހައްދުގެ ސުލްހަ އާއި ސަލާމަތަށް ވަނީ ނުރައްކަލުގެ އިންޒާރާއި ކުރިމަތިލާން ޖެހިފައެވެ. އަދި އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓް ތަކަކީ އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި މުޅިން ހިލާފަށް ކުރަމުންދާ ޓެސްޓްތަކެއް ކަމަށް ޖަޕާންގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *