ދުނިޔޭގެ ފުޓްބޯޅައިގެ މަތީ ފަންތީގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަނުގެ ކުލަބް، ރެކޯޑް އަގަކަށް އަލް ނަސްރާއި ގުޅިއްޖެއެވެ.

އަލް ނަސްރުން މިކަން ރަސްމީކޮށް އިއުލާނު ކޮށްފައިވާއިރު ޕޯޗުގަލްގެ ފޯވާޑް ސައުދި ޓީމާއި ގުޅިފައިވަނީ 2025 ގެ ނިޔަލަށެވެ. މިއީ މެންޗެސްޓާ ޔުނައިޑެޓް ދޫކޮށް އަލް ނަސްރާއި ގުޅިފައިވަނީ އޭނާގެ ރަސްމީ ނަމްބަރު '7' ނަމްބަރު ޖޯޒީގައެވެ. ރޮނާލްޑޯ އަލް ނަސްރާއި ގުޅިފައިވަނީ އަހަރަކު 177 މިލިއަން ޕައުންޑަށެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިޔަކަށް މިހާތަނަށް ހުށަހެޅި އެންމެ ބޮޑު މުސާރައެވެ.

ރިޔާދުގެ އަލް ނަސްރު ކްލަބުން ރޮނާލްޑޯގެ ޑީލް ފުރިހަމަކުރުމަށްފަހު ކޮށްފައިވާ ޓްވީޓެއްގަިއ ބުނެފައިވަނީ މިއީ އެ ކަލްބަށް ލީގު ކާމިޔާބުކުރުމަށާއި އެގައުމުގެ ފުޓްބޯޅައަށް އަދި ކުރިޔަށް އޮތް ޖީލުތަކަށްވެސް ލިބުނު ބޮޑު ހިތްވަރެއްކަމަށާއި، ކުރިއެރުމެއް ކަމަށެވެ.

ރޮނާލްޑޯ ޔުނައިޓެޑާއި ވަކިވީ ދެފަރާތުން އެއްބަސްވެގެން މިދިޔަ ނޮވެމްބަރުގައެވެ. ޔުނައިޓެޑުން ވަކިވުމުގެ ކުރިން އެޓީމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާއަށް އެޓީމުން ލަނޑުދީފައިވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ބައެއް ޓީވީ އިންޓަވިއުތަކުގައި ރޮނާލްޑޯ ވާހަކަ ދެއްކިއެވެ. ރޮނާލްޑޯ ޔުނައިޑެޓާއި ގުޅުނީ 2021 ވަނަ އަހަރު ޔުވެންޓަސް އިން ވަކިވުމަށްފަހުގައެވެ.

އަލް ނަސްރް ކްލަބަކީ މިވަގުތު ސައުދީ ލީގުގައި ދެވަނަ ޓީމެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި ގުޅުނު ފަސް ވަނަ ކްލަބެވެ. ފަސްފަހަރަށް ބެލެންޑިއޯ އެވޮޑް ހޯދާފައިވާ ރޮނާލްޑޯ ވަނީ 700 އަށްވުރެ ގިނަ ކްލަބް ގޯލް ކާމިޔާބުކޮށްފައެވެ. އަދި ރިއާލް މެޑްރިޑާއި އެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއެވެ. އަދި އެއްފަހަރު ޔުނައިޓެޑާއި އެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއެވެ.

2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯއަށް އެންމެ ފަހުން ޤަތަރުގައި ބޭއްވި ވޯލްޑްކަޕް މުބާރާތުގައި ދިމާވީ ހިތްދަތި ގޮތެކެވެ. މުބާރާތުގެ ފުރަތަމަ ޕޯޗުގަލުން ކުޅުނު މެޗުގައި ގާނާގެ މައްޗަށް ކުރި ހޯދުނު ނަމަވެސް އެއްވެސް ކުލަބެއްގައި އޭނާ އެވަގުތު ނޫޅޭތީ އޭނާއަށް ގިނަ މެޗުތަކުގެ ފުރަތަމަ ހާފުގައި އިންނަން ޖެހުނީ ބެންޗުގައެވެ. މުބާރާތުން ޕޯޗުގަލް ކެޓި މެޗު، ކުއާޓާ ފައިނަލްގައި މޮރޮކޯއާއި ދެކޯޅަށް ކުޅުނު މެޗުގެ ކުރީ ކޮޅުވެސް އޭނާ ބޭންދީ ބެންޗުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *