ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިން އެންމެ ގަޔާވާ އެއް މަންޒިލަކަށް  ޗައިނާ ހުޅުވާލުމުންވެސް ދިވެހި ރާއްޖެ ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެ އެވެ. 

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް ވަކި ހަމަތަކެއްގެ މަތިން ވަރަށް އަވަހަށް ގައުމުން ބޭރަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަަށެވެ.

އަދި ޗައިނާ ފަތުރުވެރިން އެންމެ ދަތުރުކުރަން އެދޭ މަންޒިލުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ. 

ކޮވިޑް-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެހެންނަމަވެސް ކޮވިޑާއި ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ ފަތުރުވެރިން ފާއިތުވި 3 އަހަރުގެތެރޭގައި ރާއްޖެ އަަށް ޒިޔާރަތް ކޮށްފައެއް ނުވެއެވެ. 

ޗައިނާ ސަރުކާރުން އަންނަނީ މިމަހުން ފެށިގެން ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދެމުންނެވެ.

އެގޮތުން  އެގައުމަށް އެތެރެވާ ފަރާތްތަކުން ކަރަންޓީނުވުމަށް ކުރިން މަޖުބޫރުކޮށްފައި އޮތް އޮތުން އަންނަ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.

އެހެންނަމަވެސް އެގައުމަށް އެތެރެވާއިރު ފުރުމުގެ 48 ކުރިން ނަގާފައިވާ ޕީސީއާރް ޓެސްޓްގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހެއެވެ. 

އަންނަމަހު ޗައިނާ ހުޅުވާލުމުން ރާއްޖެއަށް އެގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް މީގެ ކުރިންވެސް ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *