ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކުރެއްވި ކަމުގެ ކުށާއި މަނީ ލޯޏްޑަރިންގެ ކުށް ސާބިތުވެސް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމު މިނިވަން ކުރުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް މުޅި ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުގައި ހުންނެވުމުން އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ މާލޭގައި ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުންނެވެ.

އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާ އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ގައި ކަމަށެވެ. އަދި އެދުވަހު އެއްވަގުތެއްގައި މާލެ އާއި ރަށްރަށުގައިވެސް ރައީސް ޔާމީން މިނިސްވަން ކުރުމަށް ގޮވާލާ މުޒާހަރާތައް ބާއްވާނެ ކަމަށް ކޯލިޝަނުންނެ ބުނެއެވެ.

މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ހުކުމް ގަބޫލުނުކުރާނެ ކަމަށްބުނެ ރައިސް ޔާމީންގެ ވަކީލުން އަންނަނީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މަތީ މަރުހަލާގެ ކޯޓުން ރައީސް ޔާމީން އަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށާއި، މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *