ޚަބަރުރިޕޯޓްކުޅިވަރު

އާޖެންޓީނާގެ ކީޕަރަށް ބޮޑު ޖޫރިމަނާއަކާއި އެކު ސީޒަނުގެ ބޮޑުބައި ގެއްލިދާނެތަ؟

އާޖެންޓީނާއިން ވޯލްޑް ކަޕް 2022 ކާމިޔާބު ކުރި ފަހުން އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ގުޅޭ ގޮތުން ވަނީ ގިނަ މައްސަލަތަކެއް ދިމާވެފައެވެ. އޭގެފަހުން ފްރާންސް އަތުން ލާ އަލްބިސެލެސްޓޭ މޮޅުވި މެޗަށްފަހު ކީލިއަން އެމްބާޕޭއަށް ކުރި މަލާމާތުގެ އިޝާރާތްތަކާއި އެކު މާޓިނޭޒް ވަނީ އުފާ ފާޅުކޮށްފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވޯލްޑް ކަޕް ހެޓްރިކް ހީރޯ ކީލިއަން އެމްބާޕޭ ވަނީ ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ފުޓްބޯޅައިގެ ތަފާތާއި ބެހޭ ގޮތުން ބައެއް ވާހަކަތައް ދައްކާފައެވެ.

ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ ދެއްކި ވާހަކައަށް ލިއޮނަލް މެސީ އާއި ފަބިނޮއީ ފަދަ ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ އިސް ތަރިން ރައްދު ދިން ނަމަވެސް، މާޓިނޭޒްވަނީ އެމްބާޕޭގެ އެ ވާހަތައް މާ ސީރިއަސްކޮށް ނަގާފައެވެ. އަދި އެމްބައްޕޭ ދެއްކި އެބާހަކައިގެ ސަބަބުން އޭނާ ހިތާމަކުރަންޖެހޭނެ ކަމަށް މާޓިނޭޒް ޔަގީންކަން ދިނެވެ.

ވޯލްޑްކަޕް 2022 އަށް ކުރުމަށްފަހުވެސް މާޓިނޭޒް ވަނީ އެމްބާޕޭއަށް މަލާމާތް ކުރުމުގެ ގޮތުން އަހްލާޤީ ގޮތުން ދަށު ދަރަޖައިގެ އަމަލުތައް ހިންގާފައެވެ. ފައިނަލް މެޗަށްފަހު ބޭއްވި އެވޯޑް ހަފްލާގެ ތެރެއިން މާޓިނޭޒް ދެއްކި 'ހުތުރު' އިޝާރާތަކުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވިއެވެ. އަދި އެސްޓަންވިލާގެ ގޯލް ކީޕަރ މާޓިނޭޒްގެ މި އަމަލު ޓްވިޓާގައި ފުޓްބޯޅަ ފޭނުން ދިޔައީ ކުށްވެރިކުރަމުންނެވެ. އަދި އޭނާއަށް ވޯލްޑް ކަޕްގައި ދިން ގޯލްޑަން ގްލަވް އެވޯޑް އަތުލުމަށްވެސް ގޮވާލާ ބަހުސްތައް ފެށުނެވެ.

މާޓިނޭޒްގެ އަމަލުތަކާއި މެދު މީހުން އިތުރަށް ރުޅިގަދަވީ އާޖެންޓީނާ ސްކޮޑުން ޑްރެސިން ރޫމުގައި އުފާ ފާޅުކުރުމުގެ ގޮތުން ލަވަ ކިޔާ ނަށަމުން ދިޔައިރު މާޓިނޭޒް "އެމްބާޕޭއަށް އެމް މިނިޓްގެ ހިމޭންކަން" ގެނައުމަށް ގޮވާލާ އުފާފާޅުކުރުން ހުއްޓުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމެވެ.

އެމްބާޕޭއަށް ފުރައްސާރަކުރުމުގެ ގޮތުން އޭނާގެ މޫނު ޕްރިންޓް ކޮށްގެން ކުޑަ ބުދެއްގައި ހަރުކޮށްގެން އެމްޕާބޭ އުރާލައިގެން ހުންނަ ކަހަލަ ގޮތަކަށް އޭނާ ވަނީ އުފާ ފާޅުކުރުމުގެ ޕެރޭޑެއްގައި ފެނިފައެވެ. އާޖެންޓީނާއަށް ދުނިޔޭގެ ތަށި ގެންގޮސްދިނުމަށްފަހު އުފާ ފާޅުކުރުމަސް ބޭއްވި އެ ޕެރޭޑްގައި މާޓިނޭޒްގެ އެ އަމަލަށް އާޖެންޓީނާގެ އެހެން ކުޅުންތެރިން ހޭން ތިބި ތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ މާޓިނޭޒްގެ އަމަލުތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އާޖެންޓީނާގެ އެހެން ކުޅުންތެރިން އެމްބާޕޭއަށް ޖެއްސުން ކުރާތީ އެއް ނުފެނެއެވެ. އެހެންނަމަވެސް މާޓިނޭޒްގެ އަމަލުތައް ވަނީ ހައްދުން ނައްޓާފައެވެ. ވޯލްޑް ކަޕަށްފަހު އެމްބާޕޭ އާއި ޖެއްސުން ކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތައް ތަކުރާރުކުރަމުން އަންނަ މާޓިނޭޒް އަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފްރެންޗް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް) އިން ވަނީ ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. މާޓިނޭޒް އަށް ފިޔަވަޅުއަޅާ ނަމަ ބޮޑު ޖޫރިމަނައަކާއި ސީޒަނުގެ ދެބައިކުޅަ އެއްބައިގެ ކުޅުން އޭނާއަށް މަނާކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކުރިޔަށް މި އޮތީ ޔޫރަޕްގެ ފުޓްބޯޅައިގެ ބޮޑު އީދެކެވެ. މިއަދު ފަށާ އިނގިރޭސި ޕްރިމިއާ ލީގެވެ. މި މުބާރާތުގައި މިރޭ އެސްޓަންވިލާ އިން ލިވަޕޫލާއި ދެކޮޅަށް ނިކުންނަ މެޗުގައި މާޓިނޭޒް އެއް ނުފެންނާނެ އެވެ. އޭނާ އެންމެ އަވަހަށް ފެންނާނީ އެސްޓަންވިލާއިން ޖެނުއަރީ 1 ގައި ކުޅޭ މެޗުގައެވެ.

މާޓިނޭޒްގެ މަލާމާތާއި ފުރައްސާރައަށް އެމްޕާބޭ އެއްވެސް ރައްދެއްދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އޭނާ ވަނީ 24 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށްފަހު 7 ދުވަސް ކުރިން ޕީއެސްޖީގެ ޓްރެއިން ކޭމްޕަށް ގޮސްފައެވެ. އޭނާ ތައްޔާރުވަމުން އަންނަނީ ކުރިޔަށް ހުރި ޕީއެސްޖީގެ މެޗުތަކަށެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %