މުބާރާތުގެ ޕޯސްޓަރެއް

ރިސޯޓް ބޯއީސް ފުޓްސަލް ކަޕް ނ. ކެނދިކުޅުދޫގައި ބޭއްވުމަށް ނިންމައި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ފިތުރު އީދާއި ދިމާކޮށް ކެނދިކުޅުދޫގައި ބާއްވާ ފުޓްސަލް ކަޕަކީ އެރަށުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މިއީ ރިސޯޓުތަކުގައި މަސައްކަތްކުރާ ކެނދިކުޅުދޫ ޒުވާނުންނާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މުބާރާތެކެވެ.

މުބާރާތުގެ ޕޯސްޓަރެއް

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނި ނ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ހުޅުވާލާފައެވެ. ކެނދިކުޅުދޫއިން 4 ޓީމު ބައިވެރިވާގޮތަށް ނިންމަަފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ޖުމްލަ 16 ޓީމަށް ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތް ސްޕޮންސަރކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުބާރާތުގެ ޖާރޒީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ jozy.mv އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *