ޣާޒީ ސްކޫލް ޓީޗަރުންގެ އިހުތިޖާޖު

ޣާޒީ ސްކޫލްގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެސްކޫލްގެ މުވައްޒަފުން ސްކޫލްގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

"ޖަޒީރާ" ނޫހަށް މައުލޫމާތު ދެއްވަމުން ސްކޫލްގެ ޓީޗަރަކު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވާން ފެށީ ތަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ސަބަބުން ކަމަށެވެ. އެކަން ފެންމަތިވެ އެކަމުގެ ޝަކުވާތައް ކުރަން ފެށުމުން، އޮފިސަރު އެޑިޔުކޭޝަން މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައިވާކަމަށް ޓީޗަރު ވިދާޅުވިއެވެ.

ސްކޫލްގެ ފައިސާގެ މުއާމަލާތްތައް ބަލައިގަންނަ ގޮތާއި އެނޫންވެސް ފައިސާގެ ކަންކަމާއި ގުޅޭ އުސޫލުތަކެއް އޭނާ ބަދަލުކުރިކަމަށް ޓީޗަރު ވިދާޅުވިއެވެ. އަދި ސްކޫލަށް އެކި ގޮތްގޮތުން ލިބޭ ފައިސާއަށް ވާނުވާ ނޭނގޭކަމަށްވެސް ޓީޗަރު ވިދާޅުވިއެވެ.

"ޓްރަސްޓް ފަންޑުގައި ހުރި ފައިސާއަށް ވީގޮތެއް ނޭނގޭ. ކުޑަކުދިންގެ ދުވަހަށް ހަދިޔާ ގަތުމަށް އެއްކޮށްގެން ފަންޑަށް ލީ ފައިސާއަށް ވީ ގޮތެއް ނޭނގޭ. ބޭރުން ހަދިޔާ ގެންނަން ކަމަށް ބުނެގެން އުޅުނީ، ކަސްޓަމްސްއިން ކްލިއަރ ނުވާތީ ކަމަށް ބުނެގެން އުޅުނީ. މިހާރު އޭގެ ފަހުން އަހަރެއް. މިހާރު އޭގެތެރެއިން ކުދިން ސްކޫލް ނިމިގެން ގޮސްފި"

މީގެ އިތުރުން ކުދިންގެ ރިވިޝަން ދުވަސްވަރާއި ދިމާކޮށް، ސްކޫލްގެ ސާރވާތައް ހެކްކޮށްފައިވާކަމަށާއި ކުދިންނަށް ރަނގަޅު ރިވިޝަނެއްވެސް އެކަމުގެ ސަބަބުން ދެވިފައިނުވާކަމަށް ވިދާޅުވިއެވެ.

ޣާޒީ ސްކޫލް ޓީޗަރުންގެ އިހުތިޖާޖު

ޓީޗަރު ވިދާޅުވީ، މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އޮފިސަރަށް މިނިސްޓްރީން ވަޒީފާ ހަމަޖައްސާދީފައިވާކަމަށް ވިދާޅުވިއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *