ދުންޔާ މައުމޫން އަދި ފިރިކަލުން އެކުގައި -- ފައިލް ފޮޓޯ

ދައުލަތާއި ރައްޔިތުންގެ އެންމެ ރުފިޔާއެއްވެސް ވަގަށް ނަގާފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުނޔާ މިހެން ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުގައި  ހިންގި އެންމެ ބޮޑު ހިޔާނަތްކަމުގައިވާ އެމްއެމްޕިއާރްސީގެ ހިޔާނާތުގެ ތަހްޤީގަށް މިއަދު އޭސީސީއަށް ހާޒިރު ކުރުމުންނެވެ.

އޭސީސީއަށް ހާޒިރުކުރުމާއި ގުޅޭ ގޮތުން ދުންޔާ ވިދާޅުވީ، އެއީ ސިޔާސީ ގޯނާ އާއި ދޮގާއި ދުއްރުރާކުރުންތަކެއް ކަމަށެވެ. އެހެންނަމަވެސް އެއްމެ ރުފިޔާއެއްގައި ޖެހިފަނުވާނެ ކަމަށާއި، ހައްގަށާއި އިންސާފަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

އޭސީސީއަށް ދުންޔާ ހާޒިރު ކުރI މިއަދު ހެނދުނު 11:00 އަށެވެ. މިއަދު އޭސީސީއަށް ހާޒިރުވީ ޤާނޫނީ ވަކީލު އަދި ފިރިކަލުން ޝުއައިބު އާއި އެކުގައެވެ. މީގެ ކުރިންވެސް އޭސީސީއަށް ދުންޔާ ހާޒިރުވުމަށް އެންގިއެވެ. އެހެންނަމަވެސް އެފަހަރު އޭސީސީއަށް ހާޒިރުވެފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.

އެމްއެމްޕީއާރްސީގެ ތަހްގީގަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަނީ މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އޭސީސީން އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލަމުންދާއިރު، މި މައްސަލަތައް ވީހާވެސް އަވަހަށް ނިންމައި ދައުވާ ކުރަން ފޮނުވުމަށް އޭސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *