ސަހަރާ ކޮންނަމުންދާކަމަށްބުނެ ދައުރުވި ފޮޓޯ

ރުޤްޔާގެ ބޭނުމަށް ސަހަރާ ކޮންނަން ހުއްދަ ނުދިނީ އިސްލާމިކް މިނިސްޓްރީން އެގޮތަށް ލަފާދިނުމުންކަމަށް ނޮޅިވަރަމްފަރު ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ފަސް މެމްބަރުންގެ ސޮޔާއެކު އާންމުކޮށްފައިވާ ބަޔާނުގައި ސަހަރާ ކޮނުމުގެ ހުއްދައަށް އެދި އަނގަބަހުން އެކި ފަހަރުމަތިން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އެމައްސަލަ ގެނައުމުން ސަހަރާ ކޮނުމަކީ ޝަރުއީ ރުޤްޔާގައި ހިމެނޭކަމެއް ނޫންކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް ބަޔާނުގައި ވެއެވެ. 

އެހެންކަމުން ސަހަރާ ކޮނުމުގެ ހުއްދަ ދީފައިނުވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަހަރާ ކޮންނަމުންދާކަން އާންމުންގެ ބަޔަކު ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން އެތަނަށް އެވަގުތު ކައުންސިލުން ދިޔަ ކަމަށާއި އެކަން ކުރަމުންދިޔައީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި އެހެން ފުލުހުންގެ ހާޒިރުކަމަށް ކައުންސިލުން ބުންޏެވެ.

މިކަން ކޮށްފައިވަނީ ކައުންސިލުގެ ބާރުތަކަށް އަރައިގަންނަ އުސޫލުންކަމަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުތަކަށް އަރައިގަތުމުގެ ގޮތުގައި މިކަން އެކައުންސިލުން ސިފަކުރެއެވެ.

ބަޔާން ނިންމާލަމުން މިކަން ހިނގާދިޔަ ގޮތް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *