ފެނަކައިން ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަނީ

މަނަދޫގެ ވަކި ހިސާބަކުން ކަރަންޓު ކެނޑިފައިވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން އެބަދެއެވެ.

މަނަދޫއިން "ޖަޒީރާ" ނޫހަށް ވާހަކަ ދެއްކި މީހުން ބުނީ ރޭ ދަންވަރު 3:00 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކަރަންޓްގެ ހިދުމަތް ނުލިބި އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާތާ މިހާރު ގާތްގަނޑަށް 12 ގަޑިއިރު ވާން ކައިރިވެފައިވާއިރު ފެނަކައިން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ކަރަންޓް ދިނުމަށެވެ.

އެކަމުގެ އިތުރު މައުލޫމާތު ހޯދުމަށް މަނަދޫ ފެނަކަ ބްރާންޗަށް ގުޅުމުން ބުނީ، ރޭ ކަރަންޓު ކެނޑުނުނަމަވެސް ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ނުލިބި މާގިނައިރު ނުވާކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށް މަނަދޫ ބްރާންޗުން މައުލޫމާތުދެއެވެ.

އަދި މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަކަށް ކޭބަލުގެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމަށްކަމަށް ފެނަކަ މަނަދޫ ބްރާންޗުން ބުނެއެވެ.

ކަރަންޓްނެތި ގިނަ އިރުވުމުގެ ސަބަބުން ބައެއް ގެތަކުގެ މީހުން މިހާރުވެސް ތިބީ ކުޑަކުދިން ގޮވައިގެން މަގުމަތީގައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *