ބަނގުރާ ހުރި 15 ރީނދޫހަން

ބަނގުރާ ހުރި 15 ރީނދޫހަން އައްޑޫ ސިޓީން ހޯދައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ބަނގުރަލާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށެވެ.

މިތަކެތި ހޯދާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ.

އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އަދި މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *