ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އައިސްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާމަސް ތާޒާކަންމަތީ ގަނެ ފިނިކޮށް ރައްކާކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނިކުރެވޭ އަދި 300 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރ އެއް ވަނީ ރާއްޖެ ގެނެސްފައެވެ.

އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިންނަށް އަގު ހެޔޮކޮށް ޑީސަލް ލިބޭނެ ގޮތާއި މަސްވެރިންނަށް ބޭޏުންވާ ލުއި ލޯނު ލިބޭނެ މަގު ފަހިކޮށްދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *