ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލްގައި ފެނަލްޓީ ޖަހައިގެން ކްރޮއޭޝިއާއިން ބްރިޒިލް ބަލިކުރި ހައިރާން ކުރުވަނިވި ނަތީޖާއަށް ފަހު ބްރއިލްގެ ހެޑް ކޯޗް ޓީޓޭ އިސްތިއުފާ ދީފިއެވެ.

ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ޕެނަލްޓީގައި 4-2 އިން ކްރޮއޭޝިއާ ބަލި ކުރީ ޤަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެއެވެ. ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ 2 ހާފްގައި މެޗުގެ ލީޑް ނެގީ ބްރެޒިލްގެ ތަރި ނޭމާގެ ހިތްގައިމު ގޯލަކުންނެވެ. ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށް ބްރެޒިލުން ކުޅެމުންދަނިކޮށް ދެ ވަނަ ހާފްގައި ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެޓީމު އެއްވަރުވުމުން ސެމީއަށް ދާނެ ޓީމެއް ކަށަވަރު ކުރަން ޖެހުނި ޕެނަލްޓީ ޖަހާށެވެ. ކްރޮއޭޝިއާއިން ޕެނަލްޓީ ބުރު ފަށާ ފުރަތަމަ ތިން ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. ބްރެޒިލަށް ފުރަތަމަ ޕެނަލްޓީވެސް ނާކާމިޔާބުވިއެވެ. ބްރެޒިލަށް މުބާރާތާއި އަލްވަދާއު ކިޔަން ޖެހި ޓީޓޭގެ އުންމީދުތައް ފުނޑުފުނޑު ކޮށްލީ އެޓީމުގެ ތިންވަނަ ޕެނަލްޓީ ފުރުސަތުގައި ރޮޑްރިގޯ ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހި ބޭރުވުމުންނެވެ.

2016 އިން ފެށިގެން ބްރެޒިލްގެ ކޯޗުކަން ކުރަމުން އަންނަ ޓީޓޭ ބުނެފައިވަނީ ފެބުރުއަރީން ފެށިގެން މި މުބާރާތަށްފަހު އިސްތިއުފާ ދޭން އޭނާ ނިންމަފައިވާ ކަމަށެވެ. އޭނާގެ ދައުރު ހަމަވެއްޖެ ކަމަށް މީގެ އެއްއަހަރާއި ހަމަސް ކުރިންވެސް ބުނެފައިވާނެ ކަމަށާއި އޭނާގެ އެ ބަހުގެ އިތުބާރު އޮންނާނެ ކަމަށް ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ އޭނާގެ ބަދަލުގައި ބްރެޒިލް ގައުމީ ޓީމާ ހަވާލުވާނެ މޮޅު މީހުން އެބަތިބި ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *