ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކާރު އެންމެ ފަހުން ރިލީޒްކުރި ލަވައިގައި އިސްކޮޅުން ކުރު އަންހެން ކުދިން ނަށަން ބޭނުން ކުރުމުން ފާޑުކިޔައިފި އެވެ.

ނޭހާގެ އާ ލަވަ ކަމަށްވާ "ކިއުޓީ ކިއުޓީ" އަށް އާއްމުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބެއެވެ. އެ ލަވަ ރިލީޒްކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނޭހާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން، އެ ލަވައިގެ  ބެކްގްރައުންޑް ނެށުންތެރިންގެ ގޮތުގައި ހުސް އިސްކޮޅުން ކުރު އަންހެން ކުދިން ބޭނުން ކުރުމުން އެކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

މީގެއިތުރުން، ނޭހާ ކުރިއަށްވުރެ ފަލަވެފައިހުރުމުން އެކަމަށްވެސް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. ނޭހާ އަކީ އިސްކޮޅުން ވަރަށް ކުރު މީހަކަށްވުމުން ނަށަން ވެސް ނޭހާ އާއި އެއް އިސްކޮޅެއްގެ ކުދިން ތިބުމުން މީހުން ވަރަށް ފާޑުކިޔެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *