ފައިވާނު ދަށްފުށުގައި ފޮރުވައިގެން ޖަލަށް އެތެރެކުރަން އުޅުނު ފޯނަކާއި ސިމެއް އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ބަންދުގައި ހުރި މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް އަތުލާގަނެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޖަލަށް އެތެރެކުރުން މަނާތަކެތި އެތެރެކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެއެވެ.
ޚާއްސަކޮށް ޖަލުގައި ގައިދީން ބޭނުންކުރަމުންދާ ފޯނު އަދި ސިމްތަކުން ސްކޭމް ކޯލްތަކާއި ޓެރަރިޒަމްފަދަ އަމަލުތަކަށް މަގުފަހިވާ ކަންކަން ރާވަމުންދާކަމަށް ފުލުހުންނާއި ކަރެކްޝަންސްއިން ބުނެފައިވެއެވެ.