މަޝްހޫރު ބަތަލް އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ ފިލްމު " މައިދާން" އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒް ކުރަން ނިންމައިފިއެވެ.
ފިލްމު މައިދާން އަކީ އަޖޭ ފެނިގެންދާ ކުޅިވަރު ފިލްމެކެވެ. އެގޮތުން ސަޔެދު އަބްދުއް ރަހީމްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ އެ ބަޔޯ ޕިކް އަކީ ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.
"މައިދާން" ގެ ޕްރޮޑިއުސަރު ކަމަށްވާ ބޮނީ ކަޕޫރު ވަނީ އެ ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ 17 ގައި ރިލީޒްކުރާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ފިލްމުގެ ފުރަތަމަ ޓްރެއިލަރ މި ހިނގާ ޑިސެމްބަރު މަހުގެ ފަހުކޮޅު ބެލުންތެރިންނަށް ދައްކާލާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސަޔެދު އަބްދުއް ރަހީމް އަކީ އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ މެނޭޖަރެކެވެ. އެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ އަމިތު ޝަރުމާއެވެ.