ރޯހިތު  ޝެޓީގެ  ކާމިޔާބު  ފްރެންޗައިޒް  ކަމަށްވާ  ސިންގަމްގެ  ތިންވަނަ  ބައި  ކަމަށްވާ  "ސިންގަމް  3 ގައި  ފުލުހެއްގެ  ރޯލުން  މަޝްހޫރު  ބަތަލާ  ދިޕިކާ  ޕަޑުކޯން  ފެނިގެންދާނެއެވެ.

އެ  ފްރެންޗައިޒްގެ  ޑައިރެކްޓަރު  ކަމަށްވާ،  ރޯހިތު  ބުނީ،  ފިލްމު  ސިންގަމް  3 ގައި  އަންހެން  ފުލުހެއްގެ  ރޯލުން  ފެނިގެންދާނީ  ދިޕިކާ  ކަމަށާއި  އަދި،  އެ  ފިލްމުގެ  މަސައްކަތްތައް  މިއަންނަ  2023  ވަނަ  އަހަރު  ފެށިގެން  ދާނެ  ކަމަށެވެ.

ރޯހިތު  އެހެން  ބުނީ،  ރަންވީރު  ފެނިގެންދާ  ފިލްމު  "ސަރކަސް"  ގެ  ލަވައެއް  ކަމަށްވާ  ކަރަންޓް  ލަގާ  ރޭ  ގެ  ލޯންޗިންގައި  މީޑީއާތަކާއި  ވާހަކަދައްކަމުންނެވެ.  ކަރަންޓް  ލަގާ  ރޭ  އިން  ރަންވީރު  އަދި  ދިޕިކާ  ފެނިގެންދާނެއެވެ.

"ސިންގަމް  3” ގެ  ފިރިހެން  ލީޑުން  ފެނިގެންދާނީ  ކުރިން  ތިން  ބައިން  ވެސް  ފެނިގެން  ދިޔަ  އަޖޭ  ދޭވްގަން  އެވެ.  ދިޕިކާ  އަދި  އަޖޭ  މީގެ  ކުރިން  އެކުގައި  ފިލްމެއް  ކުޅެފައެއް  ނުވެއެވެ.  އެހެންކަމުން  ގިނަ  ބަޔަކު  ދަނީ  މި  ދެތަރިން  އެކުގައި  ފެނިގެންދާނެ  ދުވަހަކަށް  އިންތިޒާރު  ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *