ފިލްމު  ޝަމްޝޭރާ  ކުޅުނު  އިރު  ހެދުނު  އެންމެ  ބޮޑު  ގޯސް  ރަންބީރު  ކަޕޫރު  ކިޔައިދީފިއެވެ.

ރަންބީރު  ބުނީ  "ޝަމްޝޭރާ"  އަކީ  މިހާތަނަށް  އޭނާ  އަށް  ކުޅެވުނު  އެންމެ  އުނދަގޫ  ފިލްމު  ކަމަށެވެ.  ބޮކްސް  އޮފީހުގައި  އެ  ފިލްމު  ބޮޑު  ފުލޮޕަކަށްވި  ކަން  ފާހަގަކުރަމުން  ރަންބީރު  ބުނީ،  ޝަމްޝޭރާ  ކުޅުނުއިރު  އޭނާއަށް  ހެދުނު  އެންމެ  ބޮޑު  ގޯހަކީ  ބޮޑު  ތުނބުޅިއެއް  ލައިގެން  އުޅުން  ކަމަށެވެ.

ރަންބީރު  ބުނީ  ފިލްމުގެ  ޝޫޓިންތައް  ކުރިއަށް  ދިޔައީ  ވަރަށް  ހޫނު  ގަދަ  ދުވަސްވަރެއްގައި  ކަމުން،  ވަރަށް  ބޮޑު  އަދި  އެހާ  ބޯ  ތުނބުޅިއެއް  ލައިގެން  އުޅުމުން  އަބަދުވެސް  މޫނުމަތި  ހުންނަނީ  ވަރަށް  ބޮޑަށް  ދާހިތްލާފައި  ކަމަށެވެ.

ރަންބީރު  އެންމެ  ފަހުން  ފެނިގެން  ދިޔައީ  އޭނާގެ  އަންހެނުން، ބަތަލާ  އާލިއާ  ބަޓްއާއި  އެކު  ފިލްމު  ބްރަމަސްތުރަ  އިންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *