ގައުމީ އެއާލައިން މޯލްޑިވިއަނުން އިން ބައެއް ސަރަހައްދުތަކުގެ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން "ޖަޒީރާ" އަށް ބުނީ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކުރީ އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޝަންތައް ކުރިއަށްގެންދަން ކުރަންޖެހޭ ހަރަދު ބޮޑުވުމުން ކަމަށާ އަދި ދުނިޔޭގެ އަގުތަކަށް އަންނަ ބަދަލާވެސް އެކުގައި ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ޑޮމެސްޓިކް އެއަރޕޯޓަކުންވެސް އެކްސެސް ބެގޭޖް ފީ 50 އިންސައްތައަށް ބޮޑުކޮށްފައިވާ ކަމަށެވެ.
އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކުރި ނަމަވެސް ދަތުރުކުރެވޭ ދުރުމިނުގެ ގޮތުން އަގުތައް ތަފާތު ވާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.