ފީފާ ވޯލްޑްކަޕްގެ މެޗްތަކުގެ ތެރެއިން ރޭ ޕޯޗުގަލް އަދި ސްވިޒަލެންޑް ބައްދަލުކުރި މެޗަކީ ޔަގީނުންވެސް ތަފާތު މެޗެކެވެ. ދުނިޔޭގަިއ ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ސިފަކުރާ ރޮނާލްޑޯ ފުރަތަމަ 11 އިން ބާކީ ކުރުމަށްފަހު ޕޯޗްގަލްގެ ކޯޗް ނެގީ ވަރަށް ބޮޑު ޕްރެޝަރެކެވެ. އެހެންނަމަވެސް އެ މެޗްގައި އެންމެ 21 އަހަރުގެ ގޮންސާލޯ ރާމޮސް ދެއްކީ ވަރަށް މޮޅު ކުޅުމެކެވެ.

ޕޯޗްގަލްއިން ރޭގެ މެޗްގެ ފުރަތަމަ 11 އިން ރޮނާލްޑޯ ބާކީކުރިއިރު، މިއީ، 2004 ވަނަ އަހަރުގެ ޔޫރޯގައި ރަޝިއާއާއި ދެކޮޅަށް ކުޅުނު މެޗްގައި ރޮނާލްޑް ފުރަތަމަ 11 އިން ބާކި ކުރުމަށްފަހު، އޭގެ ފަހުން ރޮނާލްޑޯ ބާކީކޮށް ކުޅުނު ފުރަތަމަ މެޗެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު އެ މެޗްގައި، ރޮނާލްޑޯގެ ބަދަލުގައި އެރުވީ ގޮންސާލޯ ރާމޮސްއެވެ. އެންމެ 21 އަހަރުގެ ރާމޮސް ދަނޑުމަތިން ދެއްކި މޮޅު ކުޅުމުން އެންމެން ތިބީ ހައިރާންވެފައެވެ. އެގޮތުން 6 ލަނޑު އެއް ލަނޑުން ސްވިޒަލެންޑް ބަލިކުރިއިރު، ރާމޮސް ވަނީ ރޭގެ މެޗްގައި ހެޓްރިކް ހަދައިފައެވެ. ރޭގެ މެޗްގައި ޕޯޗްގަލްއަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރާމޮސްއެވެ. އެއީ މެޗްގެ 17 ވަނަ މިނިޓްގައެވެ.

ފުރަތަމަ ހާފް 2 ލަނޑު 0 ލަނޑުން ޕޯޗްގަލް ކުރީގައި އޮވެ ނިންމާލިއެވެ. އެއަށްފަހު ދެވަނަ ހާފް ފަށައިގެން މެޗްގެ 51 ވަނަ މިނަޓްގައި ރާމޮސް ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. މީގެއިތުރުން، 67 ވަނަ މިނިޓްގައި ރާމޮސް 3 ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. ރޭގެ މެޗްގައި ޕޯޗްގަލްއިން ދެން ޖެހި 3 ގޯލް ޖަހައިދިނީ، ޕެޕޭ އާއި ރަފޭލް ގުރޭރޯ އަދި ރަފޭލް ލިއާއޯ އެވެ. މެޗްގެ ދެވަނަ ހާފްގައި ރޮނާލްޑޯ ކުޅެން އެރުވިނަމަވެސް އޭނާއަށް އެއްވެސް ލަނޑެއް ނުޖެހެއެވެ.

ރޭގެ މެޗްގައި ސްވިޒަލެންޑް ބަލިކުރުމުން ޕޯޗްގަލް މިވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. އެގޮތުން ކުއާޓަރ ފައިނަލްސްގައި ޕޯޗްގަލް ކުޅެން ޖެހޭނީ ވަރުގަދަ ސްޕެއިން ބަލިކުރި މޮރޮކޯގެ ޓިމާއި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *