ވޯލްޑް ކަޕްގެ ގަދަ 16ގައި މޮރޮކޯއާއި ސްޕެއިން ވާދަކުރި މެޗަށްފަހު މޮރޮކޯއިން އަނެއްކާވެސް ފަލަސްތީނަށް އޮތް ލޯބި ހާމަކޮށްފިއެވެ.
މޮރޮކޯއިން ވަނީ މެޗުން ލިބުނު ކާމިޔާބީއަށްފަހު އުފާ ފާޅުކުރަމުންދިޔަ ވަގުތު ފަލަސްތީނުގެ ދިދަ ވިހުރުވައި، ފަލަސްތީނާއެކު އެގައުމު އޮތްކަން ހާމަކޮށްފައެވެ.
މީގެ ކުރިންވެސް މޮރޮކޯއިން ވަނީ މެޗުތަކުން ލިބުނު ކާމިޔާބު ފާހަގަކުރުމަށް އުފާ ފާޅުކުރަމުންދިޔަ ވަގުތު ފަލަސްތީނުގެ ދިދަ ބޭނުންކޮށްފައެވެ.
#Morocco celebrate their Historic win against Spain with a Palestinian flag.
Every North African and Middle East team and their fans has made sure that the Palestine issue is prominent at every game ♥️#Qatar2022 #morocco_spain pic.twitter.com/Rp2B4RPvnY
— Munir A Hussein (@Munir566) December 6, 2022
މޮރޮކޯއަށް ލިބުނު މޮޅަކީ ތާރީހީ މޮޅެކެވެ. މިއީ އެފްރިކާގެ ގައުމެއް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. ޚާއްސަކޮށް ސްޕެއިން ފަދަ ފުޓްބޯޅައިގެ ގަދަ ބާރެއް ބަލިކޮށް ކުއާޓަރ ފައިނަލާއި ހަމައަށް ދެވުމަކީވެސް އެގައުމަށް މިމޮޅު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބެވެ.
ސްޕެއިން ބަލިކުރީ އިތުރު ވަގުތުވެސް ކުޅެ، ޕެނަލްޓީ ޖަހައިގެންނެވެ. މޮރޮކޯއިން މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި 0-3 ގެ ނަތީޖާއަކުންނެވެ.
ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަންނަނީ ފާޅުކަންބޮޑު ގޮތެއްގައި ފަލަސްތީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި މުސްލިމް ނޫން ގައުމުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ހިމެނެއެވެ.
ގަތަރުގެ މެހެމާންދާރީ މުޅި ދުނިޔެއިން ބަލައިގެންފައިވާއިރު، ގަތަރުގެ ރައްޔިތުންވެސް އަންނަނީ ފާޅުކަންބޮޑު ގޮތެއްގައި އިޒްރާއީލްގެ ރައްޔިތުންނަށާއި މީޑިޔާއަށް ނޫނެކޭ ބުނަމުންނެވެ.