އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކާރިސާއާއި ކުއްލި ހާލަތްތަކުގައި އެހީވުމަށް ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީގެ ޑިޒާސްޓަރ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ(އާފާޑް)ގެ  ޗެއަރމަން ޔޫނުސް ސެޒަރ އަދި ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ  ފަރާތުން ޗީފް އެގްޒެކެޓިން ހިސާން ހަސަންއެވެ.

މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާއަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެ ހަތަރު ދާއިރާއަކީ

  • ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގައި އެހީއަށް އެދިއްޖެނަމަ، އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ދަސްވެފައިވާ ކަންކަމާއި، ކުރެވިފައިވާ ތަޖުރިބާ އަދި މިދާއިރާގެ ބެސްޓް ޕްރެކްޓިސް ދެފަރާތުގެ ދެމެދުގައި ޙިއްސާކުރުން.
  • ދެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާ ޚިއްސާކުރުމަށް އެކްސްޗޭންޖް ވިޒިޓް ކުރިއަށްގެންދިއުން.
  • ކާރިސާތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.

މި އެއްބަސްވުން ގާއިމުކޮށްފައިވަނީ، ކާރިސާއާއި ކުއްލި ހާލަތްތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ އެކަންކަން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރުމަށް، ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ ހައިލެވެލް ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދުރާލާ އެފަދަ ހާލަތްތަކަށް ތައްޔާރުވުމާއި، އަދި ހާދިސާއެއް ކުރިމަތިވުމުގެ ކުރިން އެފަދަ ކަންކަން މޮނިޓަރކުރެވޭނެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މަޝްވަރާކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *