ކަސްޓަމްސް ޢާންމުޤަވާޢިދުގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) އަހަރެވެ. މިގޮތުން ލައިސަންސްގެ މުއްދަތު ހަމަވުމުން، ލައިސަންސް އައުކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން، ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސް އައުކުރުމަށް އެޕްލިކޭޝަން (MCS-155) ފޯމު ކަސްޓަމްސް އަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އައުކުރެވޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިގޮތަށް ހަމަޖެއްސުމުން، ލޯކަލް ކޫރިއަރއާއެކު ރަޖިސްޓްރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރ ލައިސަންސްގެ މުއްދަތު ހަމަވާއިރު، ލޯކަލް ކޫރިއަރ ލައިސަންސްގެ މުއްދަތުވެސް ހަމަވާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިގޮތަށް ހަމަޖައްސަން ޖެހުނީ، ލޯކަލް ކޫރިއަރއާއެކު ރަޖިސްޓްރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރގެ މުއްދަތު އެއްގޮތްކުރުމުގެ ބޭނުމުގައިކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިގޮތުން ލޯކަލް ކޫރިއަރ އާއެކު ރަޖިސްޓަރީ ކޮށްފައިވާ ކޫރިއަރ ބްރޯކަރގެ ލައިސަން ކަސްޓަމްސް ޕޯޓަލް އިން އާކުރެއްވުމުން، ލޯކަލް ކޫރިއަރގެ ލައިސަންސްވެސް އާކުރެވޭނެއެވެ.
ނަމަވެސް ލައިސަންސް އައުކުރާއިރު، ފޮރިން ކޫރިއަރ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާނަމަ، ލައިސަންސް އާކުރުމުގެ ކުރީން އެގްރީމެންޓް އައުކުރުށްފަހު، ކަސްޓަމްސްގެ އީ-މެއިލް [email protected])) އަށް މެއިލްކުރުމަށް ކަސްޓަމްސްއިން އެދެއެވެ.
ލޯކަލް ކޫރިއަރ އޭޖެންޓުންގެ ލައިސަންސް އައުކުރުމަށް
- ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު ޑޭޝްބޯޑް ޕޭޖުގެ ރިނިއު ކޫރިއަރ ބްރޯކަރ އޭޖެންޓުންގެ ލިންކަށް ފިތާލުމަށްފަހު
- ޕެންޑިންގ ޕޭމެންޓްސް ޕޭޖްގައިވާ ޕޭއޮންލައިން ބަޓަނަށް ފިތާލާ
- ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިން ޕޭމެންޓް ހައްދަވާ
މިޕޭމެންޓް ހެއްދެވުމުން ކޫރިއަރ ބްރޯކަރ އާއެކު ލޯކަލް ކޫރިއަރ ލައިސަންސްވެސް އައުކުރެވޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.