ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަމުންދަނިކޮށް ކެރޭން އަރިއަޅާލީ ނޫންކަމަށާއި ކެރޭންގެ ބޫމް ފެއިލްވީކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވީ ކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމްވަނީ ފެއިލްވެފައެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) December 6, 2022
މިހާދިސާގައި އެއްވެސް މީހަކަށް އަދި އިކުއިޕްމަންޓަކަށް ގެއްލުން ލިބިފައިނުވާކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މިހާރު ކްރޭންގެ ބޫމް ޖެކްއަޕް ޕްލެޓްފޯމް މަތިން ނަގާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ވެސް ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި އެފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި އެފްކޮންސް ކުންފުންޏަށް އަމާޒުވިއެވެ.
އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވީނަމަވެސް، އެފައިސާ ދައްކަން ފެށިކަން ހާމަކޮށްފައެއް ނުވެއެވެ.