ބ. ތުޅާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުން ކޮށްގެން ބްލެއިކްމެރިލް ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު މައްލަސައަކާއި މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެ މައްސަލައާއި ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހްޤީގު ކުރަމުންނެވެ.